ޚަބަރު

ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: މިނިސްޓަރ
މި ޚަބަރު ޝާއިޢުކުރީ 17/08/2022

މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެރިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާ މިނިސްޓަރ ވިދާޅުވީ ވޯލްޑްބޭންކުގެ އެހީގައި މިހާރު އާ ޚިދުމަތްތަކެއް ޕޮލިޓެކްނިކަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެގޮތުން ލައިބްރަރީގެ ޚިދުމަތަކީ ވެސް އޭގެރެއިން އެއް ޕްރޮޖެކްޓް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނުގައި ލެބެއްވެސް ގާއިމް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ އަހަރު ބަޖެޓުގައި ލިފްޓެއްވެސް ލާގޮތަށް މިހާރު އަޅުގަނޑުމެން އެކަން ގަސްތުކޮށް ނިންމާފައި ވާނީ. އަޅުގަނޑުމެން މިތަނުގައި އާ ފެސިލިޓީސް ގާއިމް ކުރަން ބޭނުން" މިނިސްޓަރ ވިދާޅުވި އެވެ.  

މިނިސްޓަރ ވިދާޅުވީ އާ ފެސިލިޓީސް ޕޮލިޓެކްނިކްގައި ގާއިމްކުރެއްވުމަށް ބޭނުންވެލައްވަނީ އެތަނުން ދެވޭ ތައުލީމުގެ ފުރުސަތުތައް ފުޅާވުމަށް ފަހިވުމާއި ތަނުން ހިންގޭ އެކްސެސް މިހާރަށްވުރެ ރަނގަޅުކުރުމާއި އާންމުން ޕޮލިޓެކްނިކާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީމިއަދު މިފެށުނު ސެމިސްޓަރ އަކީ ހުރިހާ ދަރިވަރުން ވެސް ދިރިއުޅުމުގައި ގިރާކުރާނެ އާ ހަރުފަތެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މި ސެމިސްޓަރ އަކީ ދަރިވަރުންގެ ހުނަރާއި އުއްމީދާއި އެކު އިލްމު ހޯދާ ހުނަރު ދަސްކޮށް ހިއްމަތާއިއެކު މަސައްކަތްކޮށް ކާމީޔާބާއި ހަމައަށް ވާސިލުވުމަށްޓަކައި ފަށާ ފެށުމެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

ޕޮލިޓެކްނިކުން ދަރިވަރުން ކިޔަވައިގެން ނިކުންނައިރު މަސައްކަތުގެ އަޚުލާގު ހުންނަ ގޮތާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި ވަޒީފާއަށް ގޮސް މަސައްކަތުގައި ހޭދަކުރާ ވަގުތާއި ނަތީޖާ ނެރޭ ގޮތާއި ދިރިއުޅުމުގައި މީހާގެ ޑިސިޕްލިން ގެންގުޅޭގޮތް އެއީ ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

އަދި ޕޮލިޓެކްނިކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުން ޓްވެޓް ނިޒާމަށް އާންމުން ދެކޭގޮތް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އެދިލެއްވި އެވެ.

 

ފަހުގެ ބައެއް ޚަބަރު