ޚަބަރު

ރާއްޖޭގެ 13 ދަރިވަރަކަށް ހަންގޭރީ ސަރުކާރުން ސްކޮލާރޝިޕް ދީފި
މި ޚަބަރު ޝާއިޢުކުރީ 31/08/2022

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރސް އެންޑް ޓްރޭޑް އޮފް ހަންގެރީ އާ ދެމެދު 8 ނޮވެމްބަރ 2021 ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން 2022 ވަނަ އަހަރު ދިވެހި ދަރިވަރުންނަށް ކޯސް ފީ އަދި އެކޮމޮޑޭޝަން އާއި ލައިބްރަރީގެ ޚިދުމަތް އަދި ކަނޑައެޅިފައިވާ ސްޓައިޕެންޑް އެއް ކިޔެވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ދަރިވަރުންނަށް ލިބިދޭ ސްކޮލަރޝިޕްތަކެކެވެ. މި ސްކޮލަރޝިޕްތައް ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވުމުގައި އެންމެ ބޮޑުއެހީތެރިކަމެއް ލިބިފައިވަނީ ހަންގެރީގައި ހުންނަވާ ދިވެހި ކޮންސޫލް އޮނަރަބްލް މުޙައްމަދު ޢަލީ ޖަނާޙްއެވެ.
މި ސްކޮލަރޝިޕްގައި ދަރިވަރުން މާލެއިން ހަންގެރީއަށް ދިއުމާއި އައުމަށް ދަތުރުގެ ޚަރަދާއި ދިއްލީއަށް ދަތުރުކޮށްގެން ވިސާނެގުމަށްދިޔަ ޚަރަދު ހަމަޖައްސާދީ ފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ.
މި ސްކޮލަރޝިޕް ތަކަށް 14 ޑިސެމްބަރ 2021 ގައި ހުޅުވާލެވުނީ 15 ފުރުޞަތަށެވެ. އެއީ 6 ބެޗެލަރސް ޑިގްރީ، 7 މާސްޓަރސް ޑިގްރީ އަދި 2 ޑޮކްޓޯރަލް ޑިގްރީ އަށެވެ. މި ސްކަލރޝިޕް ތަކަށް އެދި 48 އެޕްލިކޭޝަން ހުށަހެޅިއެވެ. މީގެތެރެއިން 15 ޖާގައަށް ސްޓައިޕެންޑިއަމް ހަންގޭރިކަމް އިން އެދިވަޑައިގެންނެވިގޮތަށް 15 ދަރިވަރުން ނޮމިނޭޓްކޮށް ހަންގެރީގެ ޔުނިވަރސިޓީތަކުން ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހަދަން ފޮނުވުނެވެ. އޭގެ ތެރެއިން ކޮލިފައިވީ 13 ދަރިވަރުންނެވެ. މި 13 ދަރިވަރުން ކިޔެވުމަށް ޖާގަ ހަމަޖެހިފައިވަނީ ހަންގެރީގެ 9 ޔުނިވަރސިޓީ އަކުންނެވެ.=-ސްކޮލަރޝިޕް ލިބިފައިވާ ފަރާތްތަކުން ކިޔަވަން ހަމަޖެހިފައިވާ ދާއިރާ ތަކަކީ:
1. މެކަޓްރޯނިކަލް އެންޖިނިއަރިންގ – ބެޗެލަރސް ޑިގްރީ ލެވެލް
2. ބައޮލޮޖީ– ބެޗެލަރސް ޑިގްރީ ލެވެލް
3. ބިޒިނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމްންޓް– ބެޗެލަރސް ޑިގްރީ ލެވެލް
4. ޕްރޮފެޝަނަލް ޕައިލޮޓް – ބެޗެލަރސް ޑިގްރީ ލެވެލް
5. މެޑިކަލް ޑައިގްނޯސްޓިކް އެނަލިސިސް – ބެޗެލަރސް ޑިގްރީ ލެވެލް
6. އިންގްލިޝް ސްޓަޑީސް – ޕޯސްޓްގުރެޖުއޭޓް ލެވެލް
7. އިންޓަރނޭޝަނަލް އިކޮނޮމީ އެންޑް ބިޒިނަސް – ޕޯސްޓްގުރެޖުއޭޓް ލެވެލް
8. އެޑްވާންސް ޕްރެކްޓިސް ނާރސިން – ޕޯސްޓްގުރެޖުއޭޓް ލެވެލް
9. ޕްބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް – ޕޯސްޓްގުރެޖުއޭޓް ލެވެލް
10. އިންޓަރނޭޝަނަލް ރިލޭޝަންސް ގެ ދާއިރާއިންނެވެ. – ޕޯސްޓްގުރެޖުއޭޓް ލެވެލް
މި ސްކޮލަރޝިޕް ތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

ފަހުގެ ބައެއް ޚަބަރު